ޑީއެންއާރުން އައިޑީކާޑޫ ދޫކުރަނީ،
ޑީއެންއާރުން އައިޑީކާޑޫ ދޫކުރަނީ،
މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓު އަދި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަތުމުގެ ކުރިން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މެލޭޝިޔާއަށް ކުރައްވާ މިދަތުރުފުޅުގައި ދިވެހިންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން އެގައުމުގައި ތިބެގެން ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ދާއިރާތަކުގެ މައުލޫމާތު މެލޭޝިޔާގެ އިންވެސްޓަރުންނަށް މިދަތުރުފުޅުގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ވެރިންނާއެކު ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން