ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މިރޭ ބާއްވަން ތާވަލުކުރި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބައްދަލުވުން ފަސްކޮށްފިއެވެ.
މި ދެ ބޭފުޅުންނާ ގުޅުވައި ޖޭއެސްސީން ބަލަމުން ދަނީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދު މަޖިލީހަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ދެ ބޭފުޅުން މިހާރު ވެސް ތިއްބެވީ ސަސްޕެންޑު ކޮށްފައެވެ.
އެ މައްސަލަ ޖޭއެސްސީގެ ކަމާބެހޭ ކޮމެޓީން ބެލުމަށްފަހު ބުނެފައިވަނީ އެ ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރަން ފެންނަކަމަށެވެ.
އެ ރިޕޯޓު އެ ދެ ފަނޑިޔާރުންނަށް ވެސް ފޮނުވާފައިވާއިރު ކޮމެޓީގެ ރިޕޯޓަށް އެ ބޭފުޅުން ފޮނުއްވި ކޮމެންޓްތައް ބަލައި އެކަމަށް ގޮތެއް ނިންމުމަށް މިރޭ ބައްދަލުވުމެއް ބާއްވަން ތާވަލު ކުރިނަމަވެސް ޖޭއެސްސީން ވަނީ ބައްދަލުވުން ކެންސަލް ކޮށްފައެވެ. ނަމަވެސް ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެނެވެ.
އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ މި މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު