މޫސުން ގޯސް ދުވަހެއް—
މޫސުން ގޯސް ދުވަހެއް—
ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިރޭ ބުނީ، މިހާރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލަރޓް ނެރެފައިވާ ކަަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގައި މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭވެހި ކަނޑުގަދަވެ މޫސުން ގޯސްވާނެކަމަށް ލާފާކުރެވޭކަމަށެވެ.

އެ އިދާރާއިން ބުނިގޮތުގައި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މެލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ގެއްލުންތަކަށް އާންމު ރައްޔިތުން ސަމާލުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު މާލެއަށް ވެސް މެދުނުކެނޑި ދަނީ ވިއްސާރަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން