އިރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު، ބަނދަރު އައްބާސްގައި އެއްޗެއް ގޮވައި ރޯވި އަލިފާންގަނޑު ދެ ދުވަސްވީ އިރު ވެސް ނުނިވޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެބަނދަރުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި 1000އަށް ވުރެ ގިނަ މީހުން ޒަހަމްވި އިރު 28 މީހުން މަރުވި އެވެ.
އީރާނުގެ މީޑިއާތަކުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ދައްކާ ގޮތުން ގޮވުމާއެކު ކޮންޓޭނަރެއްގައި ރޯވި އަލިފާންގަނޑު ވަނީ އެހެން ކޮންޓޭނަރުތަކަށް ވެސް ފެތުރިފަ އެވެ.
އަލިފާންގަނޑު ނުނިވޭ އިރު އިރާނުގެ އެންމެ ބޮޑު އެކުވެރިޔާ ރަޝިއާއިން ވަނީ އަލިފާންގަނޑު ނިއްވުމަށް ހާއްސަ އެއާކްރާފްޓް ފޮނުވައިފަ އެވެ.
އިރާނުގެ މީޑިއާތަކުން ބުނިގޮތުގައި ގޮވަން މެދުވެރިވީ ކެމިކަލްތަކެއްގައި ރޯވެގެން ނެވެެ. އެހެން ނަމަވެސް މިއީ އިސްރާއިލް ކުރި ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުން ނެވެ. އެކަމާ ގުޅޭ ގޮތުން އިރާޏުގެ ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.
އިރާނުގެ ބަނދަރު ގޮވިއިރު ނިއުކުލިއާ ހަތިޔާރުގެ މައްސަލައިގައި އެ ގައުމުން މިހާރު ދަނީ އެމެރިކާއާ ވާހަކަތައް ވެސް ބާއްވަމުން ނެވެ. އެހެންވެ މިއީ އެ ވާހަކަތައް ފެއިލްކޮށްލުމުގެ ބޭނުމުގައި އިސްރާއިލުން ދިން ހަމަލާއެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެ ގޮވުމުގެ ބާރު ގަދަކަމުން 50 ކިލޯ މީޓަރު ދުރަށް އަޑު ހުރި ކަމަށް ވެއެވެ.
ގޮވުމާ ގުޅިގެން ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ ބަނދަރު އައްބާސް ސަރަަހައްދުގެ ހުރިހާ ސްކޫލުތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ،

ކިޔުންތެރިންގެ ހިޔާލު