ޢިމާރާތްކުރުމާބެހޭ ވަޒީރު ޑރ. މުއްޠަލިބަކީ މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ދޮގާއި މަކަރު ހައްދަވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ދީދީ މިބީދައިން ވާހަކަފުޅު ދައްކަވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މުއްޠަލިބަށް އަމާޒު ކުރެވުނު މައިގަނޑު ސުވާލުގައި ހިމެނޭ މަޝްރޫޢު ނޫން އެހެނިހެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގަސްތު ނުކުރަށްވާ ކަމަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވުމާ ގުޅިގެންނެވެ.
“މި ޕްރޮޖެކްޓާ ގުޅުންހުރި ކަންތައްތަކާ ބެހޭގޮތުން ނޫން ގޮތަކަށް އަޅުގަނޑު ޖަވާބު ދޭން ގަސްތު ނުކުރަން.” ޑރ. މުއްތަލިބް މިއަދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މެންބަރު ދީދީ މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒު ހަނިކުރުމަށް އެއްވެސް ފަރާތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި ވަޒީރާއި ގުޅުންހުރި ދާއިރާތަކުގެ ސުވާޅުތަކަށް ވަޒީރު ޖަވާބު ދެއްވަން ޖެހޭނެ ކަމަށް ދީދީ ވިދާޅުވިއެވެ.
“މި ވަޒީރަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދޮގާއި މަކަރާއި ހަދާފައި ހުރި ވަޒީރެއް.” ހިތްހަމަނުޖެހުން ފާޅުކުރަށްވަމުން ދީދީ މިއަދު ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މެންބަރުން ކުރަށްވާ ސުވާލުތައް މަޖިލީހުގެ ރިޔާސަތުން ނުހުއްޓުވުމަށްވެސް ދީދީ އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުންގެ ގިނަ ސުވާލުތަކަށް ވަޒީރު ޖަވާބު ދެއްވާފައި ނުވާއިރު، މަޖިލީހުގެ ގަވާއިދުގެ 66 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ އެ ގަވާއިދުގެ 62 ވަނަ މާއްދާގައިވާގޮތުގެ މަތިން ނޯޓިސް ފޮނުވައި ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބާއި ގުޅިގެން އިތުރު ސުވާލު ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު