ކުރީގެ ސީޕީ ސުޖާއު އަދި ރައީސް މުޢިއްޒު
ކުރީގެ ސީޕީ ސުޖާއު އަދި ރައީސް މުޢިއްޒު
މިދިޔަ ހޮނިިހިރު ދުވަހު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވި އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔާކުރައްވައިފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުން ޝުޖާއު ރިޓަޔާ ކުރެއްވީ ވެސް ހަމަ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަން މިހާރު ފުލުހުންގެ ޚިދުމަތަށްވެސް ވަނީ އަންގަވައިފަ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ޒުވާނުންތަކެއް މާލޭގައި މުޒާހަރާކޮށް ޝުޖާއުގެ އިސްތިއުފާވެސް ގޮވަމުން ދަނިކޮށެވެ.

ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ކުރިން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވި ޝުޖާއު ސީޕީގެ މަގާމަށް އައްޔަނުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ޝުޖާއުގެ އިސްތިއުފާއާ ގުޅިގެން ސީޕީގެ ޒިންމާތައް ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން