ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޮނާސް ޓްވިން ޓަވަރަށް މިއަދު ޒިޔާރަތް ކުރަށްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިއީ ރައީސް މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެއް ކަމަށެވެ. ރައީސް މުޢިއްޒު ޓްވިން ޓަވަރަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޕެޓްރޮނާސްގެ ސީނިއަރ ނައިބު ރައީސް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
“މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަކީވެސް ދެ ޤައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުންވެސް ދެޤައުމުގެ މެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ގުޅުން ދައްކުވައިދޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ މަޤްޞަދަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަހިކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް މުޢިއްޒު މިއަދު ޒިޔާރަތް ކުރެއްވި ޕެޓްރޮނާސް ޓްވިން ޓަވަރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ، 452 މީޓަރުގެ އުސްމިން ހުރި އިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު