ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެމްޑީޕީ އެކްޓިވިސްޓު މަރިޔަމް ޒުބައިރް (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފެމިލީ ކޯޓުގައި ފަށައިފިއެވެ.
މަންދީގެ މައްޗަށް މެޑަމް ސާޖިދާގެ ފަރާތްޕުޅުން ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން މަންދީގެ އިތުރުން، އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. އެހެންނަމަވެސް އަދި އެ ޝަރީއަތް ފަށާފައެއް ނުވެއެވެ. މި މައްސަލާގައި ފެމިލީ ކޯޓުން މިއަދު ކުރިއަށް ގެންދިޔައީ މަންދީގެ މައްޗަށް ދައުވާކުރި މައްސަލަ އެވެ. މި މައްސަލައަކީ ސިއްރިއްޔާތުގައި ކުރިއަށްގެންދާ މައްސަލައެކެވެ.
މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށެވެ. އަދި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާ ކަމަށްވެސް ދައުވާގައި ބުނެފައި ވެއެވެ.
މެޑަމް ސާޖިދާގެ ފަރާތްޕުޅުން ދައުވާ އުފުލި ލޯ ފާމުން ބުނީ މި ދައުވާ އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކަރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައިކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ދަނީ މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު