ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު
ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު
ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ ހިޔާވަހި ހައުސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑި އިތުރު ކޮށްފިއެވެ.

ކޮންސްޓްރަކްޝަންސް މިިނިސްޓްރީން ކުރިން އިއުލާނު ކޮށްފައިވާގޮތުން 8 ނޮވެމްބަރު 2024 ގައި އިއުލާނުކުރި ހިޔާވަހި ސްކީމަށް އެދި ހުށަހެޅޭ އެންމެ ފަހު ތާރީހަކީ މި ހިނގާ އޭޕްރީލް މަހުގެ 30 އެވެ.

އެ މުއްދަތު އިތުރު ކުރަން ނިންމާފައިވާކަން ހާމަކުރައްވަމުން، ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ، މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުން ކަމަށެވެ.

އެހެންވެ އެ ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން އެޕްލިކޭޝަންގައި ހުށަހަޅަން ޖެހޭ ލިއުންތަކުގެ ތެރޭގައި ފާސްކުރެވިފައިވާ ކުރެހުމެއް އޮންނަންޖެހެއެެވެ. އެންމެ ފުރަތަމަ އޮތީ ކުރެހުންތައް ކައުންސިލްތަކުން ފާސްކޮށްގެން ހުށަހަޅަންޖެހޭ ގޮތަށެވެ. ނަމަވެސް، އެކަމުގައި ދަތިތަކެއް ހުންނާތީ މިނިސްޓްރީން ފަހުން ވަނީ އެ ކުރެހުން ކައުންސިލްތަކުން ފާސްނުކުރިނަމަވެސް ހުއްދައޮތް އާކިޓެކްޗަރެއް ލައްވާ ކުރަހާފައިވާނަމަ އެޕްލިކޭޝަންތައް ބަލައިގަންނަން ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން