ރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވުމަށް ބޭނުންކުރަމުންދާ މަރުކަޒީ ބޭންކު, އެމްއެމްއޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އިގެ ހުރިހާ ހިދުމަތެއް މެދުކެނޑިއްޖެ އެވެ.
އެމްއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނުއްސުރެ ފަވަރައިގެ ހުރިހާ ހިދުމަތެއް މެދުކެނޑިފައިވާ ކަމަށެވެ.
އަދި ވިީހާވެސް އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދޭން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ހިދުމަތް މެދު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ
ފަވަރައިގެ ހިދުމަތް އެމްއެމްއޭއިން ލޯންޗުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.
މިއީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް ވަގުތުން ފައިސާ ފޮނުވައި، ލިބިގަތުމުގެ މަގު ފަހިކޮށްދިނުންކަމަށް ގާއިމުކުރި ސިސްޓަމައެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު