މުއުމިނުންނަކީ މީހުންނަށް ޖެހޭ އުނދަގޫތަކުން ދުރުކޮށްދީ ބޭނުންތައް ފުއްދައިދީ ހަދާ ބައެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ﷲގެ އަޅުތަކުންނަށް ފައިދާކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްގު ކަމަށެވެ. އަދި މީހުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
އެހެންކަމުން މީހުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ހުތުބާގައި ގޮވާލި އެވެ.
ހުތުބާގައި ވަނީ ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް އިލްތިމާސްކޮށްފަ އެވެ. ނޫން ނަަމަ ހިތްހެޔޮކަމާ އެކު ރީތިކޮށް އޭނާއަށް ޖަވާބު ދިނުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.
"މުސްލިމް އަޚުންނޭވެ! މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ، މީހުންނަށް ޖެހޭ އުނދަގޫތައް ދުރުކޮށްދޭ ބަޔެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ މުސްލިމަކަށް އުނދަގޫކޮށް، އޭނާގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް، ދޮގު ބުހުތާނު ވާހަކަތައް ފަތުރައި، އޭނާ ދެރަކޮށް، ނިކަމެތިކޮށްނުލުމަށް ވެސް ގޮވާލައިފަ އެވެ. އަދި އޭނާއަށް ބަދުބަސް ބުނެ، ލައުނަތްދީ، އޭނާ ކާފިރުކޮށް، ބިދުޢަވެރި ފާސިޤެއްކަމުގައި ނުހެދުމަށް ވެސް ހުތުބާގައި އިލްތިމާސްކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު