މާލޭގެ ހަތަރު ސަރަހައްދެއްގައި ނޫން ތަނެއްގައި މިއަދުން ފެށިގެން ސުލްހަވެރިކަމާއެކު މުޒާހަރާ ނުކުރެވޭނެ ކަމަށް ދާހިލީ ސަލާމާތާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
ދާހިލީ ސަލާމާތާއި ބެހޭ ވުޒާރާއިން ބުނީ މީގެ ކުރިން ސުލްހަވެރި މުޒާހާރާތައް ކުރެވޭނީ އެންމެ ސަރަހައްދެއްގައި ކަމަށެވެ. ނަމަވެސް މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން، ފުލުހުން ލިޔުމުން ދޭ ހުއްދައަކާނުލައި، މާލޭގައި އެކި ބާވަތްތަކުގެ އެއްވުން ނުވަތަ ހިނގާލުން ނޫންނަމަ އުޅަނދުބުރު ބޭއްވޭނެ ހަތަރު ސަރަހައްދު ދާޚިލީ ވުޒާރާއިން މިއަދު ވަނީ ކަނޑައަޅާފައެވެ.
އެ ސަރަހައްދުތަކަކީ؛
* ހެންވޭރު ކާނިވާ ސަރަހައްދު
* ރަސްފަންނު ސަރަހައްދު
* މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
* އުސްފަސްގަނޑު ސަރަހައްދު
މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާތައް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މިގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައި ދިނުމަށް ކަމަށްބުނެ ޒުވާނުން ސިލްސިލާކޮށް ކޮންމެ ރެއަކު ދަނީ މުޒާހަރާ ކުރަމުންނެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ނެރުނު އިއުލާނުގައިވާގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަޙައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު