ނޫސްވެރިން ފަސްނުޖެހި، ޑިމޮކްރެސީގެ ދަތުރުގައި ދެމިތިބުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެ ޑިމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުން ފަހަތަށް ސޮއްސާލުމުގެ ބިރު އޮތް ކަމަށެވެ. އަދި ތެދު މަޢުލޫމާތު ހޯދައި ރައްޔިތުންނާ ހިއްސާކުރުމަށް ނޫސްވެރިން ހިތްވަރާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހުއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަން ދެނެގަތުމަށް "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރްއެސްއެފް) އިން އެކުލަވާލާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ މިދިޔަ އަހަރަށްވުރެ 2 ދަރަޖަ ކުރިއަށް ގޮސް 104 ވަނައަށް ޖެހިލާފައެވެ.
ނަމަވެސް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމަށް އުނދަގޫ ގައުމުތަކުގެ ގިންތީގައެވެ.

ކިޔުންތެރިންގެ ހިޔާލު