ނިއުރޭޑިއަންޓްގެ ވިންދަކީ އެޓީމްގެ ސަޕޯޓަރުން ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބްގެ ސީނިއަރ ވައިސް ޗެއަރމަން އަދި މެނޭޖަރު އަލީ އިބްރާހިމް (ކައްޕި) ވިދާޅުވެއްޖެއެވެ.
“ރަސް އޮންލައިން” އަށް މިރޭ ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނިއުގެ މެނޭޖަރ ކައްޕި ވިދާޅުވީ ނިއުރޭޑިއަންޓް އައު ހަރުފަތަކަށް ގެންދިއުމަށް މިހާރުގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތުގައި މާދަމާއަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ. އެގޮތުން އެފްއޭއެމް ލީގު ކަޕްގައި މާދަމާ މާޒިޔާ އާއި ދެކޮޅަށް ނިއުރޭޑިއަންޓް ނިކުންނާނީ ނިއުގެ ހައިބަތު ދައްކުވައިދޭ ނުލާއި ހުދުގެ ދިދަ އައު ހިތްވަރަކާއެކު އުފުލާލައި އައު ހަރުފަތަކަށް ނިއު ގެންދިއުމަށް ކަމަށް ކައްޕި ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ނިއުރޭޑިއަންޓުން މާދަމާ މާޒިޔާ އާއި ދެކޮޅަށް ނިކުންނާނީ އެޓީމަށް އިޙްތިރާމް ކޮށްގެން ކަމަށާއި އެޓީމަކީ ނިއުރޭޑިއަންޓް އަޑިއަޅާލި ހިސާބުން ފެށިގެން މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަކޮށް ފެނުނު ޓީމުކަން ކައްޕި ފާހަގަ ކުރެއްވިއެވެ. ނަމަވެސް މާޒިޔާ އަށް ދުލެއް ނުދޭނެ ކަމަށާއި މާޒިޔާ ބަލިކުރުމަށް ނިއުގެ ހުރިހާ ހަކަތައެއްގެ ބޭނުން ހިފާނެ ކަމަށް ކައްޕި ވިދާޅުވެފައިވެއެވެ.
“މާޒިޔާ އާ ދެކޮޅަށް މި ނިކުންނަނީ ދޭތިން އެކައްޗަށް. އިރާދަކުރެއްވިއްޔާ ހަމަ މޮޅުވެގެން ފައިބާނީ. އެއްވެސް ޓީމަކާއެކު ނިއު ފަހަތަކަށް ނުޖެހޭނެ. ހުރިހާ ޓީމަކާ ދެކޮޅަށްވެސް ނިއު ކުޅޭނީ ގަދަކޮށް.” ކައްޕި ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ކައްޕި ވިދާޅުވީ ނިއުގެ 12 ވަނަ ކުޅުންތެރިޔާ އަދި އެޓީމުގެ ވިންދު ކަމަށްވާ ސަޕޯޓަރުން، މާދަމާ ގަލޮޅު ދަނޑުގައި ޖޯޝާއި ފޯރީގައި ނިއުރޭޑިއަންޓަށް ސަޕޯޓް ކުރުމަށް ތިބޭނެކަމީ ޔަގީންކަމެއް ކަމަށެވެ. އަދި ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ އަޑު ގަލޮޅު ދަނޑުގައި މާދަމާ ގުގުމާލާނެ ކަމަށްވެސް ކައްޕި ވިދާޅުވިއެވެ.
“މެނޭޖްމަންޓުން ބުނެލަން ބޭނުންވަނީ ސަޕޯޓަރުން ދަނޑަށް ވަންނާށޭ. ސަޕޯޓަރުން ޖޯޝާއި ފޯރީގައި ނިއުއަށް ކުރާ ސަޕޯޓުން ނަތީޖާ ފެނިގެންދާނެޔޭ. ނިއުއިން ފައިނަލްގައި ކުޅޭނޭ. ތަފާތު ދައްކާނެޔޭ.” ކައްޕި ވިދާޅުވިއެވެ.
މި މުބާރާތަށް ނިއުރޭޑިއަންޓުން ވެފައިވާ ތައްޔާރީތަކުގެ ތަފްސީލް ދެއްވަމުން ކައްޕި ވިދާޅުވީ މުބާރާތަށް ނިއުރޭޑިއަންޓް ނިކުންނާނީ ދިވެހި ކުޅުންތެރިންގެ އިތުރުން ބިދޭސީ 4 ކުޅުންތެރިންނާއި އެކީގައި ކަމަށެވެ. އޭގެ ތެރޭގައި 2022ގައި އެޓީމުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ޠާރިޤް ދަނޑުމަތިން ފެންނާނެ ކަމުގެ ޔަޤީންކަން ކައްޕި ދެއްވިއެވެ. އޭގެއިތުރުން ބިދޭސީ ޑިފެންޑަރަކާއި، މިޑްފީލްޑަރެއްގެ އިތުރުން ފޯވަޑެއްވެސް ފެންނާނެ ކަމަށް ކައްޕި ވިދާޅުވިއެވެ.
އޭގެ އިތުރުން ކައްޕި ވިދާޅުވީ މާދަމާގެ މެޗުގެ ބެންޗުން ނިއުގެ ކޯޗު ސޮބާ ނުފެންނާނެ ކަމަށެވެ. އަދި މާދަމާ ނިއުގެ ބެންޗް ލީޑް ކުރާނީ ކޯޗް ލައްޗޭ އާއި ކޯޗް ކަޓޭ ކަމަށް ކައްޕި ވިދާޅުވިއެވެ.
އެފްއޭއެމް ލީގު ކަޕްގައި ނިއުރޭޑިއަންޓުން ވާދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުޓުބޯޅައިގެ މިހާރުގެ ގަދަ ބާރުތައް ކަމަށްވާ މާޒިޔާ، ޓީސީ، އޮޑި އަދި މަހިބަދޫއާ ދެކޮޅަށެވެ. މާދަމާ ނިއު އާއި މާޒިޔާ ބައްދަލުކުރާ ފޯރިގަދަ މެޗް ގަލޮޅު ދަނޑުގައި ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު