އަޒްމިރަލްދާ އަދި މަހާޒް--
އަޒްމިރަލްދާ އަދި މަހާޒް--
ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީޢަށް ފޮނުވައިފި އެވެ.

އެެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގީ ޓީމުން ދެ ފަނޑިޔާރުން ވަަކިކުރަން ނިންމީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް މިއަދު ހުށަހެޅުމުން ރިޔާސަތުން މިއަދު ވަނީ އެ މައްސަލައާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ބެލެވޭ ގޮތުގައި އެ ކޮމިޓީން މިއަދު އެ މައްސަލައިގައި ގޮތެއް ނިންމާނެ އެވެ. ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ.

ޖޭއެސްސީގެ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބެލި މައްސަލައެކެވެ. މި ތުހުމަތުތަކަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރު ކޮށްފައެވެ.

އޭގެ އިތުރުން އެހެން މައްސަލައެއްގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދުވެސް ސަސްޕެންޑްކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އަޒްމިރަލްދާ އާއި ހުސްނުއް ސުއޫދު ފަހުން ވަނީ ދެ ބޭފުޅުން ސަސްޕެންޑްކުރި މައްސަލަ އދ އަށް ވެސް ހުށަހަޅައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން