ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ކުއްލިއަކަށް ސަސްޕެންޑް ކުރުމަކީ އިއްތިފާގެއް ނޫން ކަމަށާއި އެއީ ޖަރީމާއެއްް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ތިން ފަނޑިޔާރަކު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި އެވެ.
ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ސަސްޕެންޑްކުރީ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއް ސުއޫދު އެވެ.
އޭގެ ތެރެއިން ހުސްނުއް ސުއޫދު ފަހުން އިސްތިއުފާ ދެއްވި އިރު އަޒްމިރަލްދާ އަދި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމައި މިހާރު އޮތީ މަޖިލީހަށް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އެކްސްގައި ވިދާޅުވީ ދައުލަތުގެ ގާނޫނު އަސާސީއަށް ގެނެވުނު ބަދަލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ގާއިމުވެފައިވާ އަސާސީ ސިފަތަކާއި މަބްދައުތަކާ ހިލާފަށް ގެނެވުނު ބަދަލެއް ކަމަށެވެ.
އެހެންވެ އެ މައްސަލަ ސުޕްރީމްކޯޓުން ބަލަމުން ދަނިކޮށް ، ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކޮށް، ތަހުގީގު ހިންގައި، އަދި ވަކިކުރުމަށް ހުށަހެޅިގެން މި ދިޔައީ އިއްތިފާގުން ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ހިލާފަށް އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާ އެކެވެ. އެޖަރީމާގެ އެންމެހައި ބައިވެރިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭނެއެވެ. އަދި ޕީނަލް ކޯޑް ގެ 533 ވަނަ މާއްދާގެ ދަށުން ޖިނާއީ މަސްއޫލިއްޔަތުވެސް އުފުލަންޖެހޭނެއެވެ." ދީދީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު