ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވިފައި ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައި ވާކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ބުނީ ބައެއް ހިސާބުތަކަށް އާންމުކޮށް ވައި ގަދަވުމާއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަމަށެވެ.
ވީމާ މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަން ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު