މާޒިޔާ ސްޕޯޓްސް (ފޮޓޯ: ސޯޝަލް މީޑިއާ)
މާޒިޔާ ސްޕޯޓްސް (ފޮޓޯ: ސޯޝަލް މީޑިއާ)
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕް ކޯވިޑް-19 އާ ގުޅިގެން ކެންސަލް ކޮށްފިއެވެ.

އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައެވެ. އޭއެފްސީ ކަޕް ކެންސަލްކުރި ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގު ފުރިހަމަކުރަން އޭއެފްސީން ވަނީ ނިންމައިފަ އެވެ.

އޭއެފްސީން މީގެ ކުރިން ނިންމާފައި އޮތީ އީސްޓް ޒޯންގެ މެޗުތައް އަންނަ މަހު ކުޅުމަށާއި ވެސްޓް ޒޯނާއި ސައުތު ޒޯންގެ މެޗުތައް އޮކްޓޫބަރު މަހު ފަށާ ގޮތަށެވެ. އެގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް އީގެ މެޗުތައް އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް ބޭއްވުމަށް ތާވަލް ކޮށްފައި އޮތީ ރާއްޖޭގައެވެ.

އޭއެފްސީ ކަޕްގައި ރާއްޖެއިން މިއަހަރު ވާދަކުރުމަށް ހަމަޖެހިފައި އޮތީ މާޒިޔާ އާއި ޓީސީ އެވެ. އޭގެ ތެރެއިން މާޒިޔާ އިން މިހާރުވަނީ މުބާރާތަށް ފަރިތަކުރުންވެސް ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން