އައްޑޫ ސިޓީގައި ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކަނޑަން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ ހިތަދޫ ބްރާންޗުން މިއަދު ނެރުނު އިއުލާނެެއްގައި ބުނީ ކަރަންޓު ކަނޑަނީ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ ބޭރުން އަޅާފައި ހުރި އެޗްވީ ކޭބަލްތަކަކަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރަން މެންދުރު ފަހު 14:30 އިން ފެށިގެން ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކަނޑާނެ ކަމަށެވެ.

މި އިއުލާނުގައި ހިތަދޫ ބްރާންޗުން ބުނީ ކޭބަލްތަކަކަށް ދިމާވި މައްސަލަ އަކީ ކަރަންޓް ނުކަނޑައި ހައްލު ނުކުރެވޭ ވަރުގެ ކަމެއް ކަމަށެވެ. އެހެންވެ ކަރަންޓް ކެނޑި ނަމަވެސް މައްސަލަ ހައްލު ކުރެވެމުން އަންނަ ވަރަކުން އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުން ދާނެ ކަމަށް ބުންޏެވެ.

"ދިމާވެދާނެ އެންމެހާ ދަތިތަކަށް މައާފަށް ވެސް އެދެން." ހިތަދޫ ބްރާންޗުގެ އިއުލާނުގައި ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެންމެ ފަހުން އައްޑޫއިން ކަރަންޓު ކެނޑީ އިއްޔެއެވެ. އެގޮތުން އިއްޔެ ހެނދުނު ވެސް ދެ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑިފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން