ގަވައިދެއް އޮތް ނަމަވެސް ޓެކްސީ ޑްރައިވަރުން ޚިދުމަތްދެނީ ބޭނުން ވަގުތެއްގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސަރުކާރުން ޓެކްސީ ޚިދުމަތް އަންނަ ޖުލައި މަހު ފަށާތީ، އެކަމާއި ގުޅިގެން މަޖިލީހުގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީލައިންގެ ހިދުމަތް ފެށި ނަމަވެސް މިހާރު ޓެކްސީކުރާ މީހުންނަށް ގެއްލުން ނުވާނެ ކަމަށެވެ. އަދި އެކަމުން ޢާއްމުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ. ހަމައެއާއެކު ޓެކްސީ ބޭނުންވާ ގަޑިތަކުގައި މާލޭގެ އެތެރޭގައި ދަތުރުކުރުމަށް ޓެކްސީ ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.
“ޓެކްސީ ކުރަނީ ބޭނުންވާ ގަޑިއެއްގައި. ކަސްޓަމަރުން ބޭނުންވާ ގަޑިތަކަކީ މުހިއްމު ގަޑިތަކެއް ނޫން.” އަމީން މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން ޑްރައިވަރުންގެ އަޚްލާޤު ރަނގަޅުކުރަން ޖެހިފައިވާ ކަމަށާއި، ޓެކްސީ ގަވައިދުގައި އޮތީ ކެމެރާ ހަރުކޮށް ކަސްޓަމަރުންނަށް ވަކި ހިދުމަތްތަކެއް ދޭން ޖެހޭނެކަމަށް ކަނޑައަޅާފައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެ އަޚްލާޤާއި އެކަން ކުރުމުގެ ޝައުޤު ބައެއް ޑްރައިވަރުންގެ ނެތްކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން އާރްޓީއެލް ފެރީ އާއި ބަހުގެ ހިދުމަތް ފަށާފައިވަނީ ތަހުލީލްކޮށްގެން ނޫން ކަމަށެވެ. ނަމަވެސް އެ ޚިދުމަތްތަކަށް އޮތް ތަރުޙީބަށް ބަލާލުމުން މާލެއަށް ސަރުކާރުގެ ޓެކްސީ ލައިނެއްގެ މުހިންމުކަން އޮތް މިންވަރު ވަޒަން ކުރެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
ހަމައެހެންމެ މި ހިދުމަތުގައި ބޭނުންކުރަނީ އެކި ސައިޒްގެ ކާރު ކަމަށާއި، އޭގެ ތެރޭގައި މާލޭގެ ކުދި މަގުތަކަށް ވަދެވޭ ކާރު ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ޓެކްސީ ލައިން ތަޢާރަފް ކުރި ނަމަވެސް ގަވާއިދާ އެއްގޮތަށް ޓެކްސީ ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު