އަންހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ އިސްލާމިކް ސޯޝަލް ފައިނޭންސްސިންގެ ބޮޑު މަޝްރޫއު މިއަދު ފަށައިފިއެވެ.
“މިފްސީ” ގެ ނަމުގައި އެމްއެމްއޭއިން އިސްނަގައިގެން މިއަދު ފެށި މި މަޝްރޫއު އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދުށުމަށް އެދިވަޑައިގެންފައެވެ.
އަދި އެމްއެމްއޭގެ ގަވަރނަރ މުނައްވަރު މިއަދު ވިދާޅުވީ މިއަދު ފެށި މަޝްރޫއުގެ ދަށުން އިގުތިސާދު ކުރިއެރުވުމާއި މުޖުތަމައުގެ މާލީ ހަމަހަމަކަން ގާއިމުކުރުމުގައި ހުރިހާ ފަރާތްތަކެއް ބައިވެރިވުން އިތުރުކުރެވޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބީއެމްއިލް 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭއިރު، އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މާލީ އެހީ ދިނުމަށް ނިންމާފައިވަނީ މުޖުތަމައުގައި އުޅޭ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އަންހެނުންނަށެވެ. އެމްއެމްއޭއިން ބުނީ މި މަޝްރޫޢުގައި ބީއެމްއެލް އާއި އިސްލާމިކް ބޭންކުން ބައިވެރިވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު