މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަނަރުގެ މަގާމަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެމްއެމްއޭގެ ހުސްވެފައިވާ ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ މިއަދު ވަނީ މާލިއްޔަތު ކޮމިޓީގައި ދިރާސާ ކޮށްފައެވެ.
އެގޮތުން މިއަދު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އަސްނާއާ އިންޓަވިއު ކޮށްފައެވެ. އިންޓަވިއުއަށްފަހު އަސްނާގެ ތައުލީމާއި ގާބިލުކަމަށް ބަލައި، ކޮމިޓީގެ އިއްތިފާގުން ފާސްކުރީ ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އޭނާ އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ މިހާރު 17 އަހަރު ވެއްޖެއެވެ. އޭނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު