މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތަކުގެ ޖޫރިމަނާ މަޢާފުކޮށްދީފިއެވެ.
މިއަދު އެމްޑަބްލިޔުއެސްސީން ބުނީ މި ޕްރޮގްރާމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ.
މި ޕްރޮގްރާމާއި ގުޅިގެން، އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. އެގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 މޭ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 އާއި ދެމެދު އެއްކޮށް ދައްކާ ޚަލާސްކުރައްވާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެއްބަސްވުމެއްގެ ދަށުން މަތީގައި ފާހަގަ ކޮށްފައިވާ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެއިންތިޒާމުވެސް ހަމަޖައްސައި ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
”މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވާ ޚަލާސްކުރެއްވުމުން.” އެ ކުންފުނިން ބުންޏެވެ.
މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން އެ މައުލޫމާތެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށްވެސް އެ ކުންފުނިން އިލްތިމާސް ކުރިއެވެ. އަދި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަމުން ގެންދިއުމަށް ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު