ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
ނަމާދު ގާއިމުކުރުމުގެ މައްޗަށް އަލި އަޅުވާލައި މިއަދުގެ ހުތުބާގައި ބުނީ އެކަމަކީ މާތް الله ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލު ކަމަށެވެ.
ހަމަ އެހެންމެ މާތް اللهއަށް އީމާންވުމަށް ފަހު މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދުކަން ވެސް މިއަދުގެ ހުތުބާގައި ފާހަގަކުރި އެވެ.
ހުތުބާގައި ބުނީ އަމަލުތަކުގެ ތެރެއިން ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށެވެ.
"ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.
މާތް اﷲ ހަނދުމަކުރުމާއި، ނަމާދު ގާއިމު ކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިސް އަމަލުތައްކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ އޭގެ ތެރޭގައި ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝް އަމަލުތައް ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު