ބައެއް ކަންކަމަކީ ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަން ކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން، ކުރީގެ ކުޅިވަރު ވަޒީރު އަޙްމަދު މަޙްލޫފަށް މިއަދު ރައްދު ދެއްވައިފިއެވެ.
ވަޒީރު އިޙްސާން މިމޭރުމުން މަޙްލޫފަށް ރައްދު ދެއްވީ ދައުލަތުގެ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ އީވޯޓިން ތައާރަފްކުރުން ކަމަށް މަހުލޫފު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން އިޙްސާން ވިދާޅުވީ މުޢައްސަސާތައް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި އެސްޓޯނިއާއަށް ވަޑައިގެންނެވި ކަމަށެވެ. އަދި މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިންމާވެސް އޮތީ އެމަނިކުފާނަށް ކަމަށް ވަޒީރު އިޙްސާން ވިދާޅުވެފައިވެއެވެ.
ނަމަވެސް އެ މަޝްރޫޢުގެ ތެރޭގައި އީ-ވޯޓިން ހިމަނާފައި ނުވާކަމުގެ ޔަޤީންކަން ވަޒީރު އިޙްސާން ވަނީ ކުރީގެ ވަޒީރު މަޙްލޫފަށް އަރުވާފައެވެ.
“އެސްޓޯނިއާގަވެސް އަދި ރޭގަވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިންގ ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެކަމަށެވެ. ދަންނަވަމެވެ. މިކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ. ހަރަދު ކުޑަކުރުމެވެ. ޚިދުމަތްތައް އަވަސްކުރުމެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންގއެއްނޫނެވެ.” އިޙްސާން ވިދާޅުވިއެވެ.
އަދި ބައެއް ކަންތައްތައް ސިޔާސީ ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
އިޙްސާން މިހެން ވިދާޅުވެފައިވާއިރު މަހުލޫފު ވިދާޅުވެފައިވަނީ މޯލްޑިވްސް 2.0 މަޝްރޫޢަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް އިންތިޚާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށެވެ. އަދި މިކަމާ ސީދާ ދެކޮޅު ހައްދަވާ ކަމަށް ވެސް މަޙްލޫފް ވިދާޅުވެފައިވެއެވެ.

ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސްދެވި އަދި ރޭގެ ޖަލްސާގަވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިއްމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އެސްޓޯނިއާގަވެސް އަދި ރޭގަވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިންގ ފިޔަވައި… https://t.co/OpMPdI1IQh
— Minister of Homeland Security & Technology (@min_mohst) May 10, 2025
އަދި ބައެއް ކަންތައްތައް ސިޔާސީ ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
އިޙްސާން މިހެން ވިދާޅުވެފައިވާއިރު މަހުލޫފު ވިދާޅުވެފައިވަނީ މޯލްޑިވްސް 2.0 މަޝްރޫޢަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް އިންތިޚާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށެވެ. އަދި މިކަމާ ސީދާ ދެކޮޅު ހައްދަވާ ކަމަށް ވެސް މަޙްލޫފް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު