ފުލުހުން މީގެ ކުރިން އަތުލައިގެންފައިވާ ޑުރަގު ހުރި ބުލެޓުތަކެއް
ފުލުހުން މީގެ ކުރިން އަތުލައިގެންފައިވާ ޑުރަގު ހުރި ބުލެޓުތަކެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި 62 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން މިއަދު އެކަން އާންމުކޮށް ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 24ވަނަ އެ ފަސެންޖަރުގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން އެފަސިންޖަރާއި ސުވާލުކޮށް އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ތައިލެންޑުން އައި އެ މީހާގެ ހަށިގަނޑުން 19 ބުލެޓު ފެނުނުއިރު އޭގައި ހުރީ 117.6 ގްރާމް ކޮކެއިންއާއި 167.30 ގްރާމް ސިންތެޓިކް ކެތިނޯން އެވެ. އެ ތަކެތީގެ ބަރުދަނުގައި 284.9 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކަސްޓަމްސްއިން އަންނަނީ ފާރަވެރިކަމާއެކު ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން، އެކި އުކުޅުތައް ބޭނުންކޮށްގެންނާއި ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ހުރިހާ މަގުތަކެއް ބަންދުކުރުމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު