މޯލްޑިވްސް 2.0 ގެ ސަބަބުން ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާއިން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0″ މަޝްރޫއާއި ގުޅޭގޮތުން މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ހިންގާ "މޯލްޑިވްސް 2.0″ ގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާވެ، ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާއިން ގިނަ ފައިދާތަކެއްކުރާނެ ކަމަށެވެ. އަދި މިފަދަކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުންދީ މަރުޙަބާ ކިޔުމަކީ މުޅި ޤައުމަށް ލިބިގެން ދާނެ ކުރިއެރުމެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔުރޯކްރަސީގެ ސަބަބުން ނިޒާމުގައި ހުރިއުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.
“އެކަން ތަންފީޒުކުރަން “މޯލްޑިވްސް 2.0”ގެ ނަމުގައި ފެއްޓެވީ މުހިއްމު ޤައުމީ މަސައްކަތްޕުޅެއް. 2040 ވަނައަހަރު އައްނަންވާއިރު ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި އެމަނިކުފާނު ފެއްޓެވީ ވަރައްވެސް ބޭނުންތެރި މަސައްކަތެއް.” ސަޢީދު ވިދާޅުވެފައިވެއެވެ.
"މޯލްޑިވްސް 2.0″އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެއް ކަމަށް މި މަޝްރޫޢު އިފްތިތާޙް ކުރުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"މޯލްޑިވްސް 2.0″އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ދައުލަތާއި ސަރުކާރުގެހިންގުން ހަރުދަނާކޮށް، ބިޔޮރޮކްރަސީގެ ސަބަބުން ނިޒާމުގައި ހުރިއުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާމަސައްކަތުގައި ކޮންމެހެންވެސްކުރަންޖެހޭ މަސައްކަތެއް. އެގޮތުން މިކަންކަމުގައި ދުނިޔޭގައި ނަމޫނާދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ… pic.twitter.com/kd3vFg2OHb
— Mohamed Saeed (@em_saeed) May 10, 2025
"މޯލްޑިވްސް 2.0″އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެއް ކަމަށް މި މަޝްރޫޢު އިފްތިތާޙް ކުރުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"މޯލްޑިވްސް 2.0″އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު