މަރްޔަމް ނަހްދާ ވަޙީދު   10 މޭ 2025 - 16:27
ޑެޕިއުޓީ ޕީޖީ އައިޝަތު މުހައްމަދު
ޑެޕިއުޓީ ޕީޖީ އައިޝަތު މުހައްމަދު
ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛާ އައިޝަތު މުހައްމަދު އައްޔަނުކޮށްފިއެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމަށް އައިޝަތު އައްޔަނުކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ސަމީރު މިދިޔަ އޮކްޓޫބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި މަގާމަށް އައިޝަތު އައްޔަނު ކުރިކަން ހާމަ ކުރަމުން ޕީޖީ އޮފީހުން ބުނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން އައިޝަތު މުހައްމަދު އެ އޮފީހުގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

އަދި އައިޝަތު މަސައްކަތް ކުރަމުންދިޔައީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން އެސިސްޓަންޓް ޕީޖީއަކަށް އަލްއުސްތާޛު ހުސެއިން ސާމީ އައްޔަނުކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ހާމަ ކޮށްފައި ވެއެވެ. ސާމީ އަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އޮފީހުގައި ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރަމުން އައިސްފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން