ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީ ސިއްރު ކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީ ސިއްރުކުރުމާ ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮމިޓީ ސިއްރު ކުރުމަށް ޕީއެންސީގެ މެންބަރުން ހުށައެޅުއްވުމުން ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން ވަނީ ކޮމިޓީ ބޮއިކޮޓް ކުރަށްވައި ނިކުންނަވާފައެވެ.
“ކޮމިޓީ ސިއްރު ކުރަންޏާ އަޅުގަނޑުމެން ކޮންމެހެނެއް ނުތިބޭނަން. ސިއްރުކޮށްގެން ދައްކާ ވާހަކައެއް ތިބޭފުޅުން ދައްކާ.” އެމްޑީޕީގެ ޕީޖީ ލީޑަރ ނާޒިލް ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލު ކުރެއްވުން ސިއްރު ކުރުމަށް ހުށައެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެހުށައެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ތާއީދުކުރެއްވުމުން އެގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ 6 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ކޮމިޓީން ނިންމީ އެފުރުސަތު ނޭރުވުމަށެވެ.
ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ނިންމީ މިމަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިމަހުގެ ފަސްވަނަ ދުވަހެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު