ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ޖޭއެސްސީން ކުރިއަށް ގެންދިޔަ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބެލި މައްސަލައެކެވެ. މި ތުހުމަތުތަކަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރު ކޮށްފައެވެ.
އެ މައްސަލާގައި ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެކުލަވާލި ރިޕޯޓް ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފައިވާއިރު، މި ކޮމިޓީ އެމްޑީޕީގެ މެންބަރުން ވަނީ ބޮއިކޮޓް ކޮށްފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ، ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށާއި ޖޭއެސްސީގެ ރިޕޯޓްގައި މައްސަލައެއް ނެތް ކަމަށެވެ.
އެހެންކަމުން ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ނިންމީ މިމަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ނިންމާފައިވާއިރު، ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި އެބޭފުޅުންނާއެކު ސަސްޕެންޑް ކުރި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު