ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ | ފޮޓޯ: ޒަމްއަތުގެ މީސްމީޑިއާ
ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ | ފޮޓޯ: ޒަމްއަތުގެ މީސްމީޑިއާ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި 6 ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީ ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް 6 ނަމެއް ހުށައަޅުއްވާފައެވެ.

އެގޮތުން ރައީސް ހުށައެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ޒަމްއަތު އަހުމަދު ވަހީދާއި، އިބްރާހީމް އަޝްރަފާއި، މޫސާ ރިޟްވާނާއި، ޒީނާ ޒާހިރާއި، އަލީ ޔޫސުފާއި، ޝިމްލާ އަހުމަދެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

ރައީސް މަޖިލީހަށް ހުށައެޅުއްވި ލިސްޓުގެ ކުރީގައި އޮތް ޒަމްއަތު މިހާރު ހުންނެވީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމުގައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޙާސިލު ކުރަށްވާފައިވާ ޒަމްއަތު ވަނީ މީގެކުރިން ދަޢުލަތުގެ މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިކަމުގެ މަސައްކަތް ކުރަށްވައިފައެވެ. އޭގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެއްވެވިއެވެ.

ބްރޯޑްކޮމްގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނަކީ، އާމިނަތު އަމީނާ އާއި، ޝިފްލާ އިބްރާހީމާއި، ޞަފާ ޝަފީގާއި، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އާއި އާމިނަތު ސަރާހަތު އިއްޒަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން