ޙައްޖުވެރިންގެ ބީއެމްއެލް ކާޑަށް، މިހާރުގެ ޑޮލަރު ލިމިޓުގެ އިތުރުން 1750 ޑޮލަރު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަށްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް މިއަދު މިކަން އިޢުލާނު ކުރަށްވާފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން 2027 ވަނަ އަހަރުގެ ނިޔަލަށް ބޭންކް ރޭޓްގައި ޑޮލަރު ގަންނަން ލިބޭނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މިއަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށާއި، 2026ގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު 1,000 ޑޮލަރަށް އިތުރުކުރެވި، ކްރެޑިޓް ކާޑު ލިމިޓްވެސް ބޮޑުކުރެވޭނެ ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވެއެވެ.

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް…
— Dr Mohamed Muizzu (@MMuizzu) May 12, 2025
ރައީސް މިއަދު މިކަން އިޢުލާނު ކުރަށްވާފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން 2027 ވަނަ އަހަރުގެ ނިޔަލަށް ބޭންކް ރޭޓްގައި ޑޮލަރު ގަންނަން ލިބޭނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މިއަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށާއި، 2026ގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު 1,000 ޑޮލަރަށް އިތުރުކުރެވި، ކްރެޑިޓް ކާޑު ލިމިޓްވެސް ބޮޑުކުރެވޭނެ ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު