ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފިއެވެ.

އެ މަގާމުގައި ކުރިން ހުންނެވީ ކުރީގެ ނޫސްވެރިޔާ މުޙައްމަދު ފަޒީންއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން އެމަގާމަށް މީހަކު ހަމަޖެއްސުމަށް 10 މީހެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެ މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން 75 އިންސައްތައިން މަތި ލިބިފައިވަނީ ފަސް ބޭފުޅަކަށެވެ. އެއީ ޒީނާ ޒާހިރު، އައިޝަތު ޝިޔާނާ، ޝިމްލާ އަޙްމަދު، މޫސާ ރިލްވާން އަދި ޒަމްއަތު އަޙްމަދު ވަހީދެވެ.

75 މާކްސްއާ ހަމައަށް ނާދެވުނީ، އޭގެ ތެރެއިން އިބްރާހިމް އަޝްރަފް ވ. މަށިވެލި، ޢަލީ ޔޫސުފް ބާރަނާ ޅ. ހިންނަވަރު، އަޙްމަދު ޒާހިރު، ހ. ސަންދަލީގެ، ފާތިމަތު ޒައީމާ އޯކިޑުމާގެ ށ. ފީވައް އަދި މުޙައްމަދު ޝަމީމް ހ. ޕްރިޓީވިލާއެވެ.

އެންމެ މަތިން މާކްސް ލިބިގެން ޒީނާ ޒާހިރު ބްރޯޑްކޮމްއަށް އައްޔަނުކުރަން ނިންމާފައިވާއިރު އޭނާއަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ވެސް ބްރޯޑްކޮމްގެ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް، އޭރު އޭނާ މަގާމުން ވަކިކުރަން އުޅުމުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން