ކުއްޖާގެ ފުއްޕާމޭގެ އެކްސްރޭއި، ފޮޓޯ: އިންޑިއާ ޓުޑޭ
ކުއްޖާގެ ފުއްޕާމޭގެ އެކްސްރޭއި، ފޮޓޯ: އިންޑިއާ ޓުޑޭ
ރިސްކު ބޮޑު ސާޖަރީއަކަށްފަހު ކުޑަކުއްްޖެއްގެ ފުއްޕާމޭގައި ތާށިވެފައިވާ ބަދަން އޮށެއް ނަގައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 3 އަހަރުގެ އެ އަންހެން ކުއްޖާ އިންޑިއާގެ މެކްސް ސުޕާ ސްޕެޝަލްޓީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހުން އައިސް، ކެއްސާ ހޮޑު ލެވޭތާ 10 ދުވަސް ވީ ފަހުންނެވެ. އަދި އެ ކުއްޖާ ގެންދިޔައިރު އެކުއްޖާއަށް ނޭވާލުމުގައި ދަތިތަކެއް ހުރި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

އެކުއްޖާ ބެލުމަށްފަހު އެކުއްޖާގެ ކަނާތު ފުއްޕާމެއަށް ވައި ދާވަރު ދަށްކަން ޑޮކްޓަރަށް ފާހަގަ ވި ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ނޭވާލާއިރު އަޑެއް އިވޭކަންވެސް ޑޮކްޓަރަށް ފާހަގަ ވި ކަމަށް ރިޕޯޓުގައި ވެއެވެ. މި ސަބަބުތަކާހުރެ ހަށިގަނޑުގެ ތެރޭގައި ކޮންމެވެސް ކަހަލަ އެއްޗެއް އޮތްކަމަށް ޑޮކްޓަރަށް ޝައްކު ކުރެވުނު ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިކަން ޔަގީން ކުރުމަށްޓަކައި ހެދި އެކްސްރޭތަކުން އެކުއްޖާގެ ފުއްޕާމޭގެ ކަނާތްފަރާތުގެ މައި "ބްރޮންކަސް" ގައި ބަދަން އޮށެއް ހަރުލާފައި ވަނިކޮށް ފެނުނެވެ. އަދި އަވަހަށް އެ ނަގަން ހައި ރިސްކު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ނިންމީއެވެ. އެ ބަދަން އޮށް ނަގަން އުޅުމުގެ ތެރޭގައި އޭތި ދެފަޅި ވީކަމަށް ކުއްޖާއަަށް ފަރުވާދިން ޑޮކްޓަރާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެހެންނަމަވެސް، ކުއްޖާއަށް އިތުރު ގެއްލުމެއް ނުލިބި، އެ ބަދަން އޮށް ނެގުނު ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އަދި ސާޖަރީ ކާމިޔާބުވެ، ކުއްޖާގެ ހާލު މިހާރު ރަނގަޅު ވަމުންދާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިއީ ކުޑަކުދިންނަށް ވަރަށް ގިނައިން ދިމާވާ ކަމެއް ކަމަށް ޑޮކްޓަރާ ހަވާލާދީ އީޓައިމްސް ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެއްވެސް "ކޮމްޕްލިކޭޝަނެއް" ނެތި މި ސާޖަރީ ކާމިޔާބުވީ އަވަހަށް މިކަން ދެނެގަނެވުމުން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ކުޑަކުދިންނަށް މިފަދަ ލުއިކާނާ ދޭއިރު، ވަރަށް ގާތުން އެކަން ބަލަން ޖެހޭނެއެވެ. މިކަން ދެނެގަނެވޭ ގޮތް ލަސްވެއްޖެނަމަ ކުއްޖާގެ ފުރާނައަށް ނުރައްކާ ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން