އިސްތަށި ޓްރާންސްޕްލާންޓު ކުރަނީ
އިސްތަށި ޓްރާންސްޕްލާންޓު ކުރަނީ
އިސްތަށި ޓްރާންސްޕްލާންޓު ކުރުމަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމުކޮށް ކުރެވެމުންދާ ކަމެކެވެ. ގިނަ މީހުން މިކަން ކުރަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ޖެނެޓިކް ސަބަބުތަކާ ހުރެ އިސްތަށި ނުފަޅާ ހުންނަ ސަރަހައްދުތައް ފޫބެއްދުމަށެވެ. އަދި ބައެއް މީހުން މިކަން ކުރަނީ އިސްތަށިގަނޑު ރީތި ކުރުމަށްޓަކައެވެ. ގިނަ މީހުން ކުރިނަމަވެސް، މިކަމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ އިސްތަށި ޓްރާންސްޕްލާންޓު ކުރުމުން ދިމާވެދާނެ ބައެއް ނުރައްކާތަކެވެ.

އިންފެކްޝަން

އިސްތަށި ޓްރާންސްޕްލާންޓު ކުރާއިރު ބޮލުގެ އެކިތަންތަން ކުޑަކުޑަކޮށް ކަނޑަން ޖެހެއެވެ. މިތަންތަނުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ވަރަށްވެސް ބޮޑަށް އޮވެއެވެ. އަދި އިންފެކްޝަންތައް ފުުޅާވެ، ބޮޑެތި ސިއްޙީ މައްސަލަތަކަށް ވެގެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޓްރާންސްޕްލާންޓު ކުރެވޭ އިސްތަށި ރަނގަޅަށް ނުފެޅުން

ބައެއް ފަހަރު ޓްރާންސްޕްލާންޓު ކުރެވޭ އިސްތަށި އެ ސަރަޙައްދުގައި ރަނގަޅަށް ނުހެދި އަލުން އެތަނުން އިސްތަށި ފައިބައެވެ. މިކަމުގެ ސަބަބުން އޮޕަރޭޝަނަށް ހޭދަކުރެވުނު ފައިސާއާއި ވަގުތު ބޭކާރުވެގެން ދާނެއެވެ. އަދި ނަފްސާނީ ގޮތުން ވެސް މީހާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ.

ނާރުތަކަށް ގެއްލުން ލިބުން

އިސްތަށި ޓްރާންސްޕްލާންޓު ކުރުމުގެ އޮޕަރޭޝަނުގައި ބޮލުގެ ހަމުގައި ހުންނަ ނާޒުކު ނަރުތަކަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ގެއްލުމެއް ލިބިއްޖެނަމަ، އެ ސަރަޙައްދުގައި ދާއިމީ ގޮތެއްގައި އިޙްސާސް ގެއްލިގެން ދިއުމަކީ ދިމާވެދާނެ ކަމެކެވެ. ހަމަ އެހެންމެ، ދާއިމީ ގޮތެއްގައި އެތަން ރިއްސުމަކީވެސް ހަމަ ދިމާވެދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން