މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގު މައްޗަށް ދޫކޮށްލައިފައި ދިޔަ 200އަށް ވުރެ ގިނަ ސިނގިރެޓް ކާޓަންއަކީ ބޮންޑެޑްވެއާ ހައުސްއަކުން ގެއްލުނު ތަކެތިކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައިގައި ފުލުހުން ބަނގުލަދޭޝްގެ ތިން މީހަކު ހައްޔަރުކުރި އެވެ. އަދި ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ސިނގިރެޓް ކާޓަންތައް ގެއްލުނީ ބިދޭސީން މަސައްކަތް ކުރަމުންދާ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބޮންޑެޑްވެއާ ހައުސްއިންނެވެ.
އެ ތިން މީހުންގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމުގެ ތުހުމަތެވެ.
ބިދޭސީން ބުނީ ސިނގިރެޓް ކާޓަންތައް ހުރި ދަބަސް ޕިކަޕަށް އެރުވީ އުޖޫރައަށް އެ މަސައްކަތް ކޮށްދޭން ބިދޭސީއަކު އެދިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު