ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ގުޅޭ 1،500 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1،507 އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 17 ގައި އިމިގްރޭޝަންގައި ތައާރަފް ކުރި ޕްލެޓްފޯމެކެވެ.

އެ އިދާރާއިން ބުނީ މިހާތަނަށް ހުށައެޅި މައްސަލަ ތަކުގެ ތެރެއިން 976 މައްސަލައަކަށް އެޓެންޑްވެފައިވާ ކަމަށެވެ. އަދި 244 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާ އިރު، ނުބެލި އޮތީ 116 މައްސަލަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އިމިގްރޭޝަނާ ގުޅުންނެތް 171 މައްސަލައެއް ވެސް 'އިމިގްރޭޝަން ވޮޗް" އަށް ވަނީ ހުށައަޅާފައެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އިމިގްރޭޝަނުން ދަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެފަދަ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް ހިންގަ

މުންނެވެ. އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މާލެ ސަރަހައްދުން އަތުލައިގެންފައިވާ އިރު، ޑީޕޯޓްކުރި ކުރި ބިދޭސީންގެ އަދަދު 6،700 އަށް ވުރެ ގިނަ އެވެ.

އިމިގްރެޝަނުން ދަނީ މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުވެސް އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން