ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމަށް ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެންމެ މަތިން މާކްސް ދީފައި ވަނިކޮށް އޭނާއަށް ވުރެ މާ ދަށުން މާކްސް ލިބުނު މޫސާ ރިޟުވާން އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
އިއްޔެ ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ޒީނާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރަން ފާސްކުރީ އެންމެ މަތިން މާކްސް ލިބިގެން ނެވެ. އެއީ 85 މާކްސް އެވެ. އަދި 81 މާކްސްއާއެކު ރިޟުވާނަށް ލިބުނީ ހަތަރުވަނަ އެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު އައްޔަނުކުރަން ވަކި ވަކިން ވޯޓަށް އެހި އިރު އެންމެ ގިނަ ވޯޓު ލިބުނީ ރިޟުވާނަށެވެ. އެއީ 77 މެމްބަރުންގެ ވޯޓެވެ. ޒީނާ އައްޔަނުކުރަން ވޯޓު ދިނީ އެންމެ 12 މެމްބަރުން ނެވެ. ނުފެންނަ ކަމަށް 52 މެމްބަރުން ވޯޓު ދެއްވި އެވެ.
ޒީނާއަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ވެސް ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް، އޭރު އޭނާ މަގާމުން ވަކިކުރަން އުޅުމުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު