ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ސަޕޯޓު ގްރޫޕުތައް ހިންގަން ފަށައިފި، ފޮޓޯ: މިނިސްޓްރީ
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ސަޕޯޓު ގްރޫޕުތައް ހިންގަން ފަށައިފި، ފޮޓޯ: މިނިސްޓްރީ
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ފަށައިފިއެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ މިނިސްޓްރީ އާއި މަމްސް އެއިޑުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން ބެލެނިވެރިންނަށް އެކަކު އަނެކަކާ ބައްދަލުކޮށް، ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ތެރެއިން ބެލެނިވެރިންނަށް ކުދިން ގެންގުޅޭ ގޮތުގެ ވާހަކަ އެކަކު އަނެކަކަށް ހިއްސާކޮށްލުމުގެ އިތުރުން، ދިމާވާ ދަތިތައް އެކަކު އަނެކަކަށް ހިއްސާކޮށްލުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން ކުދިން ބެލުމުގައި އެކި ބެލެނިވެރިން ބޭނުންވާ އުކުޅުތަކާއި، އެކަކު އަނެކަކަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މި ޕްރޮގްރާމުގައި ވާހަކަ ދެކެވިގެން ދާނެ ކަމަށް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

މިގޮތަށް މަޝްވަރާކުރެވެން ފެށުމުން އެ ބެލެނިވެރިންނަށް އެކަނިވެރިކަން ފިލައި، އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމު ކުރިއަށްގެންދާނީ ސަޕޯޓް ގްރޫޕުގެ އުސޫލުން 6 ހަފްތާއަށް ކަމަށެވެ. އަދި ކޮންމެ ސަޕޯޓް ގްރޫޕެއްގައިވެސް 10 ބެލެނިވެރިން ބައިވެރިވެ، ޖުމްލަ 13 ބައްދަލުވުން ބޭއްވުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

މި ބައްދަލުވުންތައް ކޮންމެ ހަފްތާއަކު ދެ ދުވަހު އޮންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން