އެފްއޭއެމް ލީގު ކަޕް ގައި ފުރަތަމަ ޑިވިޝަންގެ ޓީސީ ސްޕޯޓްސް ކްލަބް ބޮޑު ތަފާތަކުން ބަލިކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ނިއުރޭޑިއަންޓުން ކުޅުނު މެޗުގައި ޓީސީގެ މައްޗަށް އެޓީމުން ކުރި ހޯދާފައިވަނީ 4 ލަނޑު 1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިމެޗުގައި ނިއުގެ ފުރަތަމަ ގޯލު ދެވަނަ ހާފް ފަށައިގެން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރަފީގް އަމީން އެވެ. ނަމަވެސް ޓީސީން ވަނީ 59 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ދެވަނަ ފަހަރަށް ނިއުރޭޑިއަންޓަށް ލީޑު ނަގާދީފައިވަނީ ނާސިހް ނަގައިދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން 68 ވަނަ މިނެޓުގައި މޫސާ ޔާމީން އެވެ. އޭގެފަހުން 70 ވަނަ މިނެޓްގައި ރަފީގް ވަނީ މިމެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނިއުރޭޑިއަންޓަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ.
މެޗުގައި ނިއުރޭޑިއަންޓުގެ ފަހު ލަނޑު 81 ވަނަ މިނެޓުގައި ރަފީގްގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ނާސިހް އެވެ.
މިމުބާރާތުގައި ނިއުރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗުގައި މާޒީޔާ އަތުން ބަލިވެފައިވާތީ މިމެޗަށް ނިއުރޭޑިއަންޓުން ނިކުމެފައިވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އަދި މުޅި މެޗުގައިވެސް ނިއުގެ ސަޕޯޓަރުން ވަނީ އެޓީމަށް ވަރުގަދަ ތަރުޙީބެއް ދީފައެވެ.
އެފްއޭއެމް ލީގު ކަޕްގައި މިމަހުގެ 17 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ނިއު ނިކުންނާނީ ފުރަތަމަ ޑިވިޝަންގެ އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު