ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާ ގުޅޭގޮތުން ހުށަހަޅެޅިފައިވާ ސުލޫކީ މައްސަލާގައި، އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމައިފިއެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ކޮމެޓީން ނިންމާފައިވަނީ މި މައްސަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅު ނިންމުމެއްކަމަށެވެ. އެއީ ދެ ފަނޑިޔާރުން ވަކިކުރުމެވެ.

ޖޭއެސްސީގެ ނިންމުމާއި ގުޅޭ ރިޕޯޓަށް މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ އޮތީ އެއީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ކޮމެޓީއަށް ލަފާދެއްވާފައެވެ.

ނަމަވެސް އެ ލަފާ އެހެން އޮއްވާ ޖުޑީޝަރީ ކޮމެޓީން މިއަދުވަނީ ޖޭއެސްސީގެ ނިންމުން ރަނގަޅުކަމަށް ނިންމައި ތަޅުމަށް މައްސަލަ ފޮނުވުމަށް ފާސްކޮށްފައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ފިލްޒާގެ ލަފާ ދިރާސާ ކުރުމަށް ވެސް އެދިފައެވެ. އެހެންނަމަވެސް ކޮމެޓީގެ ތާއީދު އެކަމަކަށް ނުލިބުނެވެ.

މައްސަލަ ތަޅުމަށް ފޮނުވުމަށް ކޮމެޓީގައި ނެގި ވޯޓުގައި ޕީއެންސީގެ 6 މެންބަރަކު ވޯޓު ދީނީ ފެންނަކަމަށެވެ. އެ ކޮމެޓީގައި ހިމެނޭ އެމްޑީޕީ މެންބަރު ނާޒިލް އެކަމަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުން ދަނީ، އަޒްމިރަލްދާގެ ފިރިކަލުން މަސާޖުޕާލާއަކުން ހައްޔަރުކުރި މައްސަލާގައި ބަންދުގެ މުއްދަތު ޖެހުމުގެ މަރުހަލާގައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން