ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު
ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާ ގުޅޭގޮތުން ހުށަހަޅެޅިފައިވާ ސުލޫކީ މައްސަލާގައި، އެ ދެބޭފުޅުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާގައި ހިމަނައި މިހާރުވަނީ މެންބަރުންނަށް އެޖެންޑާ ފޮނުވާފައެވެ.

މި މައްސަލަ ތަޅުމަށް ފޮނުވާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ސިއްރު ބައްދަލުވުމަކަށްފަހުއެވެ. އެ ބައްދަލުވުމުން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ މައްސަލާގައި ނިންމާފައިވާ ނިންމުން ރަނގަޅުކަމަށާއި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީން އެހެން ނިންމީ، ޖޭއެސްސީގެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއްކަމަށް މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށެވެ.

ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން މަސާޖުޕާލާއަކުން ހައްޔަރުކުރި މައްސަލާގައި ނުފޫޒު ފޯރުވިކަމަށްބުނެއެވެ. ނަމަވެސް އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ކުރާ މަސައްކަތް މިހާރުވަނީ ބޭރުގެ ބައެއް އިދާރާތަކުން ވެސް ކުށްވެރިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން