މަރްޔަމް ނަހްދާ ވަޙީދު   14 މޭ 2025 - 17:46
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ސިނގިރޭޓު ފޮށްޓެއް ވަގަށް ނެގި މީހަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

އެގޮތުން މި މައްސަލައިގައި ހޯދަން ބޭނުންވާ މީހާގެ ވީޑިއޯއެއް ފުލުހުން ވަނީ އާންމު ކޮށްފައެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލެއްގެ މަޑިދަށުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ރީނދޫ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ފިރިހެނެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ސައިކަލުގެ މަޑި ދަށުން ވަގަށް ނަގާފައިވަނީ ސިނގިރޭޓު ފޮށްޓަކާއި، ނޫ ކުލައިގެ ކޮތަޅެއްގައި އޮތް އެއްޗެކެވެ.

އެ ވީޑިއޯ ހިއްސާ ކުރުމަށްފަހު ފުލުހުން ވަނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ އެކަން މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން