މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރަން ކައިރިވެފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާެރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ އެކަކުން 13 އަށް 66،700 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ، 58،015 ފަތުރުވެރިންނެވެ.

އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 897،444 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 830،385 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އެހެން އަހަރުތަކެކޭ އެއްގޮތަށް ޗައިނާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ ރަޝިޔާއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތް ކުރި ފަސް ގައުމު:

* ޗައިނާ - 102،423 ފަތުރުވެރިން

* އިނގިރޭސިވިލާތް - 92،680 ފަތުރުވެރިން

* ރަޝިޔާ - 96،656 ފަތުރުވެރިން

* އިޓަލީ - 79،482 ފަތުރުވެރިން

* ޖަރުމަނު - 68،916 ފަތުރުވެރިން

މި ތަފާސްހިސާބުތައް ދަައްކާ ގޮތުން ރާއްޖެ އަންނަަ ފަތުރުވެރިންގެ ތެރެއިން 71 އިންސައްތަ މީހުން ދަނީ ރިސޯޓްތަކަށެވެ. އަދި 23.5 އިންސައްތަ މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓާތަކަށް ދަނީ ތިނެއް އިންސައްތަ މީހުންނެވެ.

ރާއްޖޭގެ ޖުމްލަ 175 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 836 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 158 ސަފާރީ ހިންގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން