ހުޅުމާލޭގައި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމުގެ ގޮތުން އެޗްޑީސީ އާއި ފުލުހުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރުން، ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމުގެ ގޮތުން އެޗްޑީސީ އާއި ފުލުހުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރުން، ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ފުލުހުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާ ކޮށްފިއެވެ.

ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގައި މިއަދު އޮތް މި ބައްދަލުވުމުގައުމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ބައްދަލުވުމުގައި އެޗްޑީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފައްޔާޟް މަންސޫރު، ޗީފް ޕްލޭނިންގ އޮފިސަރ އަޙްމަދު ޒިނާފް، އެކްޓިންގ ޑިވިޝަން ހެޑް (ކޮމާޝަލް) އަޙްމަދު އަސްލަމް، އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް އަޙްމަދު ރަބީޢުއެވެ.

އަދި ފުލުހުންގެ ފަރާތުން މި ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން