އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ބޮޑު އޮޕަރޭޝަންއެއް ހިންގައި ގިނަ އަދަދެއްގެ ޑުރަގު ހޯދައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ރަސްމީ އެކަންޓުގައި މިރޭ ޝާއިއުކުރި ހަބަރެއްގައި ބުނީ މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ހަތް ތަނެއް އިއްޔެއާއި އޭގެ ކުރީ ދުވަހު ބަލައި ފާސްކޮށް ދެ ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ.

އޭގެ ތެރޭގައި ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސްއަށް ޝައްކު ކުރެވޭ ތަކެތި ހިމެނޭކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ އިތުރުން ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވާ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެއެވެ.

އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ހަ މީހެކެވެ. އޭގެ ތެރޭގައި ޅ. ކުރެންދޫ / މެދުރިގެ، މުހައްމަދު އަލީޝް އަހުމަދު (28އ)، ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުހައްމަދު (26އ)، ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުހައްމަދު ޒަކީ (28އ)، ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާއިލް ވަހީދު (18އ)، އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އަދި ގއ. ދާންދޫ / ބޯގަންވިލާ، ހަސަން އަލީ (26އ) ހިމެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން