ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށް ބުނެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޖާ (ޑަބްލިއެޗްއޯ) އިން ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެލާޓްކޮށްފައިވާ ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން އެލާޓްކޮށްފައިވާ ބޭހަކީ ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ އިމްފިނިޒް އިންޖެކްޝަން ފޯލްސިފައިޑް 3 ވަނަ ބެޗެވެ. މި ބޭހުގެ ބެޗްތައް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް އެ ޖަމްޢިއްޔާ އިން ވަނީ އެލާޓްކޮށްފަ އެވެ.
އެމްއެފްޑީއޭއިން ވަނީ އަމިއްލަ ބޭނުމަށް ނަމަވެސް މި ބޭސް އެތެރެކުރާއިރު، މިބެޗްތަކާއި މެދު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު