ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
ސުންނަތާ ނުލައި ދީނުގެ ހުުކުމްތައް ނޭނގޭނެކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

"އިސްލާމީ ޝަރީއަތުގައި ސުންނަތުގެ މަގާމު" މި މަޢުޟޫއަށް މިއަދު އިއްވި ހުކުރު ހުތުބާާގައި ބުނީ މުސްލިމުން އަމަލުކުރާންޖެހޭ ހުރިހައި ކަމެއް ޤުުރުއާނުގައި ބަޔާންކޮށްފައިވާ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ. އަދި ޤުރްއާން ފިޔަވައި އެހެން މަސްދަރަކަށް ބަލަން ނުޖެހޭ ކަމަށް އެ މީހުން ދެކޭކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.

އެހެން ނަމަވެސް މިއީ ވަރަށް ގޯސް ވިސްނުމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އިސްލާމީ ޝަރީއަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫއަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަޙީލު ކަމެއް ކަމަށެވެ.

"އެ ގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. އެއީ އިސްލާމް ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގޭން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. "ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީއަތުގެ މަސްދަރެއްކަން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން