ކާރު ގަހުގައި ޖެހި އެކްސިޑެންޓް ވެފައި
ކާރު ގަހުގައި ޖެހި އެކްސިޑެންޓް ވެފައި
ކާރެއް ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މިީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖުގައި ބުނީ މާލޭގެ ލޮނުޒިޔާރަތް މަގުން ދަތުރުކުރަމުން ދިޔަ ކާރެއް ގަހެއްގައި ޖެހުނު މައްސަލައެއް މިއަދު ހެނދުނު 08:38ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެކްސިޑެންޓަށް ފަހު ޑްރައިވަރު ފިލިކަމަށް ބުނާ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ ކަައިރީގައި ހުރި އެހެން ހިސާބެއްގައި ކާރު ޕާކުރުކުމަށް ފަހު ސީންއަށް ޑްރައިވަރު އައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން