އިންތިހާބުތަކަށް ތައްޔާރުވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިސް ބޭފުޅުންތަކެއް އައްޑޫއަށް ވަޑައިގެންފި އެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މިއީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުންނާއި އެ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އައްޑޫ ސިޓީގައި ތިއްބެވި ޕާޓީގެ މެންބަރުންނާ ބައްދަލުކުރުމަށް ފެށި ދަތުރެއް ކަމަށެވެ.

އެގޮތުން ޕީޖީ ގްރޫޕްގެ އެ ބޭފުޅުން މި މަހުގެ 19އާ ހަމައަށް އައްޑޫގައި މަޑުކުރައްވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ދަތުރުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއާއި މަރަދޫ މެމްބަރު އަހުމަދު ދީދީ އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނެ އެވެ.

ސިޔާސީ ޕާޓީތައް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށި ފަހުން އައްޑޫއަކީ އެމްޑީޕީގެ ކިއްލާއެކެވެ. އެހެން ނަމަވެސް ފަހުގެ އިންތިހާބުތަކުން އައްޑޫއިން އެމްޑީޕީއަށް ކުރިން ލިބޭވަރުގެ ކާމިޔާބީއެއް ނުލިބެ އެވެ.

އެހެން ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަދިވެސް އޮންނަނީ އެމްޑީޕީގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން